-Advertisement-

-Advertisement-

ފަރިހި 2 ހޯދުމަަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ބަލައިފި

ގެއްލުނު ދެ މީހުން މަސްވެރިކަން ކުރުމަށް ދިޔަ ޑައިވިން ދޯނި

ޚަބަރެއް ނުވެގެން ހޯދަމުންދާ “ފަރިހި 2” ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ވަނީ ބަލާފައި ކަމަށް އެމްއެންޑީއެފް ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ “ފަރިހި 2” ނަމަކަށް ކިޔާ މިދޯނި މ. މަޑުއްވަރީއިން މަސްބޭނުމަށް މ .ރަތްމަންދޫ ކައިރިއަށް ފުރާފައިވަނީ 2 މީހުންނާއި އެކު އިއްޔެ ހަވީރު 4 ޖެހި އިރުގައި ކަމަށެވެ.

މި ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރޭ 23:20 އިން ފެށިގެން ކޯސްޓްގާޑް ހާބަރކްރާފްޓް 114′  ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތްދީފައިވެއެވެ.

ދޯނި ހޯދުމަށް އަލަށް ތަޢާރަފް ކުރި ޔޫއޭވީ ބޭނުން ކުރަމުން ދާއިރު މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-