-Advertisement-

-Advertisement-

އެމްޑީޕީއިން ފެނިގެންދަނީ ބަދަލު ހިފުމުގެ ރޫހު: ރައީސް މުއިއްޒު

ަރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދިރިއުލޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ފަރާތުން ފެނިގެންދަނީ ބަދަލު ހިފުމުގެ ރޫހު ކަމަށާއި ބޭނުންވަނީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު ބޭވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބް ކެމްޕޭނަށް މާލޭގައި ދިރިއުލޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ބޭނުންވަނީ ހަމަޖެހުން ރާއްޖެއަށް ގެނަމަށް ކަމަށެވެ. އެ ހަމަޖެހުން ގެނެވިގެންމެނުވީ ހަގީގީ މާނާގައި ގައުމަށް ކުރިއެރުން ނުގެނެވޭނެ ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 5 މަސްދުވަހުގައި ވެސް އިދިކޮޅު ޕާޓީއިން ފެނިފައިވަނީ ބަދަލު ހިފުމުގެ ރޫހު ގެންއުޅޭ މަންޒަރު ކަމަށެވެ. އަދި ސަރުކާރަށް ހުރަސް އަޅުމުންދާތަން ކަމަށެވެ.

“މަޖިލީހަށް އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރާ، ބަދަލު ހިފުމުގެ ރޫހު ގެންގުޅޭ ބަޔަކަށް ފުރުސަތު ދީގެން ފެންނާނީ ދެކޮޅު ހެދުން. ހަމަނުޖެހުން ކޮންމެ ދުވަހަކު ފެންނާނީ ސަރުކާރަށް ހުރަސް އެޅުން. މިދިޔަ ފަސް މަހު ވެސް ފެނުނީ އެ މަންޒަރު،” ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުގައި ހިޔާލުތަފާތުވާ ސިޔާސީ ފަރާތްތަށް ޖަލަށްލުން އާންމު ކަމަކަށްވެފައިވި ނަމަވެސް މިސަރުކާރުން އެގޮތަށް ކަން ނުކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބަދަލު ހިފުމުގެ ރޫހު ތިބި ބަޔަކަށް މިޖިލީސް ދިނުމުގެ ވިސްނުން ރައްޔިތުން ގެންއުޅެގެން ނުވާނެކަމަށް ވިދާޅުވެފައިއެވެ. އަދި ތެދުވެރިކަމާއި އިހުލާސްތެރި ވިސްނުމުގައި މަސައްކަތް ކުރާ ކެނޑިޑޭޓުން ހޮވައިދީގެން ކަމަށެވެ. އެއީ ސަރުކާރުގެ ކެނޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-