-Advertisement-

-Advertisement-

3 ރަށެއްގައި އާ ހޮސްޕިޓަލް އެޅުމާށް އެމްޓީސީސީ އާ ހަވާލުކޮއްފި

ރ. އަލިފުށި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ސިއްހީ ވުޒާރާ / އެކްސް

3 ރަށެއްގައި އާ ހޮސްޕިޓަލް އެޅުމަށް 498 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.

މި ގޮތުން އާ ހޮސްޕިޓަލް އެޅުމަށް ނިންމާ އެމްޓީސީސީ އާއި ހަވާލުފައިވާ ރައްތަކަކީ މ. މުލި, ރ. އަލިފުށި އަދި ނ. މަނަދޫގައި އެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މ. މުލި ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއި ކޮއްފައިވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ނ. މަނަދޫ އެއްބަސްވުމުގައި ސޮއި ކޮއްފައިވަނީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ރ. އަލިފުށި އެއްބަސްވުމުގައި ސޮއި ކޮއްފައިވަނީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.

އެމްޓީސީސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮއްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މިއަދު އެއްބަސްވުމުގައި ސޮއި ކުރެވިގެންދިޔަ ހޮސްޕިޓަލް ތަކުގެ މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ މ. މުލައް އަދި ނ. މަނަދޫ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލްތަކެއް ކަމަށާއި އަދި އެ ދެ ހޮސްޕިޓަލްގެ މަސައްކަތް ޖުމުލަ 370 މިލިއަން ހަރުދުވާނެ ކަމަށެވެ.

ރ. އަލިފުށީގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލްގެ މަސައްކަތް ޖުމުލަ 128 މިލިއަން ހަރުދުވާނެ ކަމަށެވެ. މި 3 ހޮސްޕިޓަލުގެ މަސައްކަތަށް އެއްބަސްވެފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި އަޅާ ހޮސްޕިޓަލްތަކުގައި ސަމާނީ ވަސީލަތްތަށް ގާއިމްވެފައި ހުންނާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-