ރަނގަޅަށް ނިދުމަކީ ދުޅަހެޔޮ ސިކުނޑިއަކާއި ހަށިގަނޑެއްގެ އެންމެ މުހިންމު، އަދި ހިތާމައާއެކު ވަރަށް ގިނަމީހުންނަށް އެންމެ ބޮޑަށް އިހުމާލުވެފައިވާ އެއް ކަމެވެ. ރަނަގަޅަށް ނުނިދުމުން އަޅުގަނޑުމެންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނިއުޓްރިޝަން އަދި ދިރިއުޅުމުގެ އިޖްތިމާއީ އަދި ނަފްސާނީ ކަންކަމަށް މިހާ ގިނަ ވަގުތާއި ހަކަތަ ހޭދަކޮށް، ސިއްހަތުގެ އެއް ތަނބު މުޅިން ކޮށްލެވެނީ ބައިޕާސްއެވެ.
ރަނގަޅަށް ނިދުމަށް އެހާބޮޑު އިސްކަމެއް ދޭންވީ ކީއްވެ؟
ނިދުމަކީ ކިހާ މުހިންމު ކަމެއްކަމާއި، ރަނގަޅު މިންވަރަކަށް ނިދި ބޭނުންވަނީ ކީއްވެތޯ މިނެކިޔަނީ ނިދި ނުލިބުމުން ދިމާވާ ކަންތައްތަކަށެވެ.
ބޭނުންވާ މިންވަރަށް ނިދި ނުލިބޭނަމަ އެންމެ ގިނައިން ފެންނަ އަލާމާތްތަކަކީ ރިއެކްޝަން ޓައިމް ލަސްވުން މެމޮރީ ރިޓެންޝަން ދަށްވުން އަދި އެތުލެޓިކް ޕާފޯމަންސް ދަށްވުމެވެ.
ނިދުމުގެ އާދަތައް ދަށްވެ ކަސްރަތާއި ކެއުމަށް ކުރާ ބުރަ މަސައްކަތް ފެނަށް ދިޔަ ނުދޭށެވެ. ރަނގަޅު ޞިއްޙަތެއްގައި ނިދުމަކީ ނިއުޓްރިޝަން އާއި ކަސްރަތު ފަދައިން މުހިންމު ކަމެކެވެ. ހަގީގަތުގައި ހަށިގަނޑުގެ ގުދުރަތީ ރިކަވަރީގެ ބޮޑު ބައެއް ހިނގަނީ މީހާ ނިދާފައި އޮންނައިރުއެވެ. އެކަށީގެންވާ ވަރަށް ކޮލިޓީ ނިދި ނުލިބި ބުރަކޮށް ކަސްރަތު ކުރުމަކީ ހަށިގަނޑަށް ދެވޭ ގެއްލުމަކަށް ނޫނީ ނުވާނެއެވެ.
ނިދުމަށް އެންމެ އެކަށީގެންވާ މިންވަރަކީ އާންމުކޮށް 6 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ވިންޑޯއެކެވެ. ބައެއް މީހުންނަށް މަދުން ނިދައިގެންވެސް އުޅެވެއެވެ. ނަމަވެސް ބައެއް މީހުންނަށް ނިދި އިތުރަށް ބޭނުންވެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ނިދި ބޭނުންވާ މިންވަރު ތަފާތުވެއެވެ. އެހެންކަމުން މި މިންގަނޑު ދެނެގަތުމަކީ ނިދުމުގެ އާދަތައް ބައްޓަންކުރުމަށް ވަރަށް މުހިއްމު ކަމަކަށްވެއެވެ. މިކަމަށް އެންމެ ގިނަބަޔަކު ބޭނުންކުރާ އުކުޅަކީ އެލާމްއަކާއި ނުލައި ހޭލާއިރު ފާހަގަކޮށް ރޭގަނޑުގެ ނިދި ލިބެނީ ކިހާވަރަކަށްތޯ ބެލުމެވެ.
ނިދުމުގެ މާހިރުން އިރުޝާދު ދެނީ ދުޅަހެޔޮ ސިއްހަތެއްގެ ވައްޓަފާޅިތައް ގާއިމުކުރުމަށް ޓަކައި ނިދުމަށާއި ހެނދުނު ތެދުވުމަށް ހަމަޖެހިފައިވާ ވަގުތުތައް ކަނޑައެޅުމަށާއި ބޭނުންވާ މިންވަރު ބެސްލައިން ޓްރެކިންއެއް ދިނުމަށެވެ. ނިދުމުގައި ރަނގަޅު ސްޓްރެޓެޖީތައް ބޭނުންކުރަން ފެށުމުން ހިނގާބިނގާވެ އުޅުމަށް ފަސޭހަވެ، އިޙްސާސްކުރެވޭ ގޮތް ރަނގަޅުވެ، މޫޑާއި، ކޮގްނިޝަން، ކަސްރަތުގެ ޕާފޯމަންސަށް އަދި ހަމަ ޔަގީނުންވެސް ހަކަތައިގެ ފެންވަރަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެއެވެ.