މާދަމާ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަކީ ވަރަށްވެސް ތާރީޚީ އަދި އެހާމެ މުހިންމު އިންތިހާބެކެވެ.
ސިޔާސީ މައިދާނުގައި މި އިންތިހާބު ވެގެންދާނީ ކުރިޔަށް އޮތް 4 އަހަރެ މިސްރާބު ކޮށާލާނެ އިންތިހާބަކަށެވެ. ރާއްޖޭގެ ރައީސް ކަމާއި ނޮވެންބަރ 17 ވަނަ ދުވަހު ހަވާލުވެލެއްވި ރައީސް މުހައްމަދު މުއިއްޒުގެ ތަސައްވަރުގައި ކުލަ ޖައްސުވަން އެމަނިކުފާނަށް މިޖިލީސް 20 ވަރަށް މުހިންމުވެއެވެ. ހަމަ އެއާއި އެކު ރާއްޖޭގެ ޑިމޮކްރަސީ ދަމަހައްޓާއި ދެފުއްފެންނަ ގޮތަކަށް ސަރުކާރު ހިންގަމުންދޭތޯ ބެލުމަށް އިދިކޮޅަށް މި އިންތިހާބުގައި ކާމިޔާބީ ބަރަށް މުހިންމުވެއެވެ.
ރާއްޖޭގެ ދައުލަތުގެ 3 ބާރު ވަކިވެފައިވި ނަމަވެސް ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ލިބިއްޖެ ނަމަ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން ދަތިތަކެއް ކުރިމަތިވެއެވެ. އެކަމުގެ މިސާލު ރައީސް ނަޝީދުގެ ވެރިކަމުގައި ފެނިގެންގޮސްފައިވެއެވެ. ހަމަ އެގޮތަށް ދައުލަތުގެ 3 ބާރުން 2 ބާރު ވެރިކަން ކުރާ ބަޔަކަށް ލިބިއްޖެނަމަ ނަހަމުގޮތުގައި ދައުލަތުގެ ބާރު ބޭނުން ކުރުމުގެ މަގު ފަހި ވެގެންދެއެވެ. އެކަން އަހަރުމެންނަށް 2013ގެ ރައީސް ޔާމީންގެ ވެރިކަމުންނާއި ނިމިދިޔަ ރައީސް ސޯލިހުގެ ވެރިކަމުން ފެނިގެންދިޔައެވެ.
ރާއީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ދިވެހީންގެ ރާއްޖެ ނަމުގައި މަޖުލީސް އިންތިހާބަށް ސަރުކާރުގެ މައި ޕާޓީ ނުކުމެ ކުރަމުންދާ ކެމްޕޭނުގައި ބުނަމުންދަނީ ސަރުކާރަށް މަޖިލީސް މުހިންމުވަނީ މެނިފެސްޓޯގައިވާ ކަންތައް ތަންފީޒުކުރުމުށް ގާނޫންތައް ހަދަންޖެހޭތީ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހަމަޖެހުން ލިބޭނީ ސަރުކާރުގެ މެޖޯރިޓީއޮތް 20 ވަނަ މަޖިލީހެއް އޮވެގެން ކަމަށެވެ. އިދިކޮޅަށް ސުޕަމެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުން އަބަދުވެސް ތިބެންޖެހޭނީ ރައިސް އަޒުލުކޮށް ސަރުކާރު ވައްޓާލާނެ ކަމުގެ ބިރު މަތީގައިއެވެ.
ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެހުރެ މިސްރާބު ހަމަމަގަށް ނަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ ނުކުމެތިބީ ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ހޯދައި ސަރުކާރު ޒިންމާދާރު ކުރާނެ ކަމުގެ ވައުދާއި އެކުގައިއެވެ. އެންޑީޕީން ވަކާލާތު ކުރަނީ ސަރުކާރަށް މަޖިލީސް މެޖޯރިޓީ ލިބިއްޖެ ނަމަ ދެފުށްފެންނަ ވެރިކަމެށް ސަރުކާރުން ނުކުރާނެކަމަށެވެ. ބޭނުން ގޮތުކަށް ގާނޫންތައް ބަދަލުކޮއްލާނެ ކަމަށެވެ.
ޕާޓި ތަކުގެ އިތުރަށް ސިޔާސީ ގޮތުން އިސްކޮށް އުޅުއްވާ ބޭފުޅުނަށްވެސް މިއީ ވަރަށް މުހިއްމު އިންތިހާބެކެވެ. ބަދަލުވަމުންދާ ސަޔާސީ އޮތިވަރުގައި ރާއްޖޭގެ އެންމެ ފަހުން ވެރިކަން ކުރެއްވި ދެބޭފުޅުން, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަދުގެ ރާއްޖޭގެ ރައިސް ޑރ. މުހައްމަދު މުއިއްޒު ސިފު ކުރެވިފައިވަނީ އެހެން ސިޔާސީ ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރައްވައި, އެބޭފުޅުންނަށް އިންތިހާބުގައި ކުރިމަތިލެވޭގޮތް ނުވުމުން އެބޭފުޅުންގެ ހިޔަނިއެއްގެ ގޮތުގައި ވެރިކަމަށް އައި މީހުންގެ ގޮތުގައިއެވެ. އެގޮތުން ކުރީގެ ރައީސް ސޯލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބުނީ އޭރު އެޕާޓީގެ ރައީސް, ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭގޮތް ނުވުމުންނެވެ. 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ދެ ރައީސުން ވަނީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވެސް ފުރިހަމަ ކާމިޔާބީ ހޯއްދަވައި ސުޕަމެޖޯރިޓީ ހޯއްދަވާފައިއެވެ. އަދި އޭގެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބުވެސް ކާމިޔާބު ކުރެއްވިއެވެ. 2024 ވަނަ އަހަރުގެ މަޖުލީސް އިންތިހާބު ވަނީ ރައީސް ސޯލިހުގެ މާލިމީ ދަށުގައި ރިޔާސީ އިންތިހާބަށް ފަހުގައި އެމްޑީޕީ ނުކުންނަ ފުރަތަމަ އިންތިހާބަށެވެ.
ހަމަ އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވަނި ރައީސް ޔާމީންގެ ހިޔަނިއަކަށެވެ. ކްރިމަނިލް ކޯޓިން ކޮއްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ. އެހެން ކަމުން ޕީއެންސީގެ ތެރެއިން ރިޔާސީ ޓިކެޓް ވަނީ ރައީސް މުއިއްޒުއަށް ދެއްވާފައިއެވެ.
ނަމަވެސް ރައީސް ޔާމީންއާއި ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިޔާލުތަފާތުވެ ދެ ރައީސުންގެ ގުޅުން ހީނަރުވެފައިއެވެ. އެއާއި އެކުގައި ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކޮށް ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައިއެވެ. އާ ޕާޓީގެ ނަމުގައި މި އިންތިހާބުގައި ކެންޑިޑޭޓުން ވާދަ ނުކުރު ކަމުގައި ވިޔަސް ރައީސް ޔާމީންގެ ތާއީދާއެކުގައި 40 ކެންޑިޑޭޓުން މާދަމާގެ އިންތިހާބުގައި ވާދަކުރައްވައެވެ. އެހެން ކަމުން ރައީސް މުއިއްޒުއަށްވެސް މި އިންތިހާބު ވެގެންދާނީ އެހެންމީހެއްގެ ހިޔަޏަކަށް ނުވެ އިންތިހާބެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ. މި އިންތިހާބުން ރައީސް މުއިއްޒުގެ ސިޔާސީ ބާރުވެރިކަން ފެނި ކަށަވަރުވެގެންދާނެއެވެ.
މާދަމާ ބައްވާ އިންތިހާބުގައި602 ފޮޓަކަށް ވޯޓްލުމުގެ ހައްގު 284,663 އަށް ލިބިގެންވެއެވެ. އަދި މި އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއިންނެވެ. ޕީއެންސީއިން 90 ކެންޑިޑޭޓުން އަދި އެމްޑީޕީއިން 89 ކެންޑިޑޭޓުން ވާދަކުރެއެވެ.