މެންދުރު 12 ޖެހުމާއި ހަމައަށް 93,224 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް އިން ބުނެފިއެވެ.
ކޮންމެ ގަޑި އިރަކުން އިލެކްޝަންސް ކޮމިޝަންއިން ނެރޭ ވޯޓިލި މީހުންގެ އަދަދުތަކުން ދައްކާ ގޮތުގައި މެންދުރު 12 ޖެހުމާއި ހަމައަށް %32 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ. އެއީ ވޯޓްލި މީހުންގެ ނިސްބަތުން ބަލާނަމަ 93.224 މީހުންނެވެ.
އެލެކްޝަންސްގެ އަދަދުތަކުން ދައްކާ ގޮތުގައި މި 93,224 މީހުންގެ ތެރެއިން 51,244 މީހުންނަކީ ފިރިހެނުންނެވެ. އަދި 41,980 މީހުންނަކީ އަންހެނުންނެވެ. ވޯޓްނުލާ 191,439 މީހުން އެބަތިއްބެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ %67.25 އިންސައްތައެވެ.
މިއަދަކީ ހޫނު ދުވަހަކަށް ވުމުން ގިނަ ބަޔަކު މެންދުރުފަހު ވޯޓްލާން ނުކުންނާނެ ކަމަށް ބެލެވެއެވެ. މިއަދުގެ ވޯޓްލާ ވަގުތު ކަމުގައި އެލެކްޝަންސް ކޮމިޝަން އިން ކަނޑައަޅާފައިވަނީ ހެދުނު 8 އިން ހަވީރު 17:30 އަށެވެ. އަދި އެއްވެސް މައްސަލައެއް ނެތް ފޮށިތަށް ބަނދު ކުރާތާ 30 މިނިޓް ތެރޭގައި ގުނަން ފާށާނެ ކަމަށްވެސް އީސީ އިން ބުނެފައިވެއެވެ.