-Advertisement-

-Advertisement-

ބޮޑު ޝަކުވާއެއް ނާދޭ, ވޯޓުލުންދަނީ އަމާންކޮށް: އީސީ

ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގައި ބޮޑު މައްސަލައެއް ނާނަކަމަށާއި, ވޯޓުލުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ވަރަށް އަމާންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.

ރާއްޖޭގެ ނޫހަކަށް މައުލޫމާތްދެއްވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ބުނެފައިވަނީ ކުދިކުދި ޝަކުވާތައް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް ބޮޑު މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. މިހާތަކަން ލިބިފައިވަނީ ވޯޓުލައި ނިމިގެން ޕޯލިން ސްޓޭޝަނުގައި މަޑުކުރުމާއި މީހުންނާ ސަލާމް ކުރުން ފަދަ ކަންތައްތަކުގެ ޝަކުވާތައް ކަމަށެވެ. މީޝަކުވާގެ އިތުރުން ވޯޓް ކަރުދާސް ދެއްކި ކަމުގެ ޝަކުވާ އެއް ލިބިފައިވާ ކަމަށާއި, އެއީ ފައްނުޖަހައި ފޮށްޓަށް ލާކަމުގެ ޝަކުވާއެއް ކަމަށްވެސް މެންބަރު ޒަކަރިއްޔާ ބުނެފައިވެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީސް އިންތިހާބުގައި 284,664 މީހުނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ. ވޯޓްލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަށް 602 ފޮއްޓެއް ރާއްޖޭގެ އެކި ހިސާބުގައި ހައްޓައި އެލެކްޝަންސްގެ އޮފިޝަލުންދަނީ ހަރަކާތްތެރިވަމުންނެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓަކު ވާދަކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-