މެންދުރު 1 ޖެހުމާއި ހަމައަށް 113,000 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް އިން ބުނެފިއެވެ.
ކޮންމެ ގަޑި އިރަކުން އިލެކްޝަންސް ކޮމިޝަންއިން ނެރޭ ވޯޓިލި މީހުންގެ އަދަދުތަކުން ދައްކާ ގޮތުގައި މެންދުރު 1 ޖެހުމާއި ހަމައަށް %39.92 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ. މި އިންތިހާބުގެ ޓާންއައުޓް ރަނގަޅުކަން ފާހަގަ ކޮއްލެވެއެވެ.
އެލެކްޝަންސްގެ އަދަދުތަކުން ދައްކާ ގޮތުގައި މި 113,627 މީހުންގެ ތެރެއިން 61,651 މީހުންނަކީ ފިރިހެނުންނެވެ. އަދި 51,976 މީހުންނަކީ އަންހެނުންނެވެ. ވޯޓްނުލާ މިހާރުތިބީ 171,036 މީހުން އެބަތިއްބެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ %60.08 އިންސައްތައެވެ.
މިއަދުގެ އިންތިހާބުގެ ވޯޓްލުން ހަމަޖެހިފައިވަނީ ހެދުނު 8 އިން ހަވީރު 5:30 އާއި ހަމައަށެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެންމެ ގިނަ ކެންޑިޑޭޓުން ތިބީ ވެރިކަން ކުރާ ޕީއެންސީގައި އެވެ. އެއީ 90 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ތިބީ މައި އިދިކޮޅު ޕާޓީ އެމްޑީޕީގައިއެވެ. އެޕާޓީގެ 89 ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.