ހުޅުމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ
އެމްއެންޑިއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލޮޓް ނަންބަރ 11071 ގައިއެވެ.
މި ހާދިސާ ހިންގަން މެދުވެރިވި ސަބަބަކަށް އެމްއެންޑީއެފް އިން ބުނެފައިވަނީ އެގޭގެ އޭސީގައި އަލިފާން ރޯވެގެން ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު 12:25 ހާ އިރުއެވެ. އަދި 10 ވަރަކަށް މިނިޓް ތެރޭގައި އަލިފާން ނިންވާލާފައިވެއެވެ.
ހުޅުމާލެ ފޭސް 1 ގެ "ލޮޓް 11071" އިމާރާތުގައި ހުރި އޭސީގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފި.https://t.co/FxlgfooI3i pic.twitter.com/6CX6rjroCJ
— Maldives National Defence Force (@MNDF_Official) April 21, 2024
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.