-Advertisement-

-Advertisement-

50 އިންސައްތަ މީހުން ވޯޓްލައިފި

މެންދުރު 2 ޖެހުމާއި ހަމައަށް 148,894 މީހުން ވޯޓުލާފިއެވެ.

ކޮންމެ ގަޑި އިރަކުން އިލެކްޝަންސް ކޮމިޝަންއިން ނެރޭ ވޯޓިލި މީހުންގެ އަދަދުތަކުން ދައްކާ ގޮތުގައި މެންދުރު 2 ޖެހުމާއި ހަމައަށް %52.31 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ. ރިޔާސީ އިންތިހާބާ އަޅާބަލާއިރު މިއިންތިހާބުގައި ވޯޓުލުމަތް ނުކުތް މީހުންގެ އަދަދު ގިނަކަން ފާހަގަ ކޮއްލެވެއެވެ.

އެލެކްޝަންސްގެ އަދަދުތަކުން ދައްކާ ގޮތުގައި މި 148,894 މީހުންގެ ތެރެއިން 77,998 މީހުންނަކީ ފިރިހެނުންނެވެ. އަދި 70,896 މީހުންނަކީ އަންހެނުންނެވެ. ވޯޓްނުލާ މިހާރުތިބީ 135,769 މީހުން އެބަތިއްބެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ %47.69 އިންސައްތައެވެ. މިއަދުގެ އިންތިހާބުގެ ވޯޓްލުން ހަމަޖެހިފައިވަނީ ހެދުނު 8 އިން ހަވީރު 5:30 އާއި ހަމައަށެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

މިއަދުކީ ހޫނުދުވަހަކަށްވުމުން ހަވީރު ގިނަ ބަޔަކު ވޯޓްލާން ނުކުއްނާނެ ކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-