މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކުރީގެ ރައީސް, ރައީސް ޔާމީން ވޯޓްލައްވައިފިއެވެ.
ރައީސް ޔާމީން ވޯޓްލެއްވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ މައްޗަންގޮޅި މެދު ދާއިރާގެ ފޮއްޓަށެވެ. އެ ދާއިރާއަށް ޖުމްލަ 5 ކެނޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ އެމްޑިޕީ ކެނޑިޑޭޓަކާއި، ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓެއްގެ އިތުރުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓެކެވެ. އަނެއް ދެ ކެނޑިޑޭޓުން ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
މިއަދުގެ އިންތިހާބުގެ ވޯޓްލުން ހަމަޖެހިފައިވަނީ ހެދުނު 8 އިން ހަވީރު 5:30 އާއި ހަމައަށެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ.