20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ކުރިއަށްދާ ވާޓުލުމުގެ ތެރެއިން މިހާތަނަން 3 މީހަކު ހައްޔަރުކޮއްފައިވާ ކަމަށް ފުލުހުން މައުލޫމާތް ދީފައިވެއެވެ.
މި 3 މީހުނަކީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ހައްޔަރުކޮއްފައިވާ ދެމީހުންނާއި ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހެކެވެ.
3 މީހުން ހައްޔަރު ކުރި ކަމުގައި ވިޔަސް މިއަދު ކުރިއަށްދާ އިންތިހާބަކީ ވަރަށް އަމާކޮށްދާ އިންތިހާބެއްކަމަށް އީސީ އިން ވަނީ ސިފަކޮއްފިއެވެ.
މިއަދުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި ވޯޓްލުމުގެ ހައްގުލިބިގެންވާ 284،663 މީހުން 602 ފޮއްޓަކަށް މިއަދު ވޯޓުލާނެއެވެ.