-Advertisement-

-Advertisement-

ވޯޓްލާ ވަގުތު ހަމަވެއްޖެ

މިއަދު ކުރިއަށްދާ މިޖިލީސް އިންތިހާބުގެ ވޯޓުލުމަށް އިލެކްޝަންސް އިން ހަމަޖައްސާފައިވާ ވަގުތު ހަމަވެއްޖެއެވެ.

އެހެން އިންތިހާބުތަކާއި ހިލާފަށް މި އިންތިހާބުގެ ވަގުތު އިތުރުކޮށް ވޯޓްލުން ހެދުނު 8 އިން ހަވީރު 5:30 އަން ކުރިޔަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަންއިންވަނީ ނިންމާފައިއެވެ. ކުރީގެ އިންތިހާބު ތަކުގައި ވޯޓުލާ ގަޑިއަކީ ހެދުނު 8 އިން 16:30 އެވެ.
އިލެކްޝަންސް ކޮމިޝަން އިން ބުނެފައިވާ ގޮތުގައި މިއަދުގެ އިންތިހާބުގެ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. 5:30 ގައި ކިއުގައި މީހުންނެތް ފޮށިތައް އޮފިޝަލުން ބަންދުކުރާނެ ކަމަށެވެ. އަދި ބަނދު ކުރާތާ 30 މިނިޓް ފަހުން ގުނުމުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމަށެވެ.

16:00 ގައި އިލެކްޝަންސް ކޮމިޝަން އިން ނެރެފައިވާ ވޯޓްލީ މީހުންގެ އަދަދަށް ބަލާއިރު %63 އިންސައްތަ މީހުން ވަނީ މިއަދު 4 ޖެހުމާއި ހަމައަށް ވޯޓްލާފައެވެ. ލަފާ ކުރެވޭގޮތުގައި %70 އިންސައްތަ މީހުން ވޯޓްލާނެއެވެ. މިއަދުގެ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ. 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-