މިއަދު ބޭއްވުނު 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ވަގުތު ހަމަވެ ގިނަ ފޮށީތަކެއް ބަންދުކޮށް ބައެއް ފޮށި ގުނަންފަށައިފިއެވެ.
ހެދުނު 8 އިން 5:30 އާއި ހަމަށް އެލެކްޝަންސް ކޮމިޝަނުން ވަގުތުދީފައިވާ އިރު އެ ވަގުތަށް ގިނަ ފޮށިތަކެއް ބަންދުކޮއްފައިވާކަން ފާހަގަކޮއްލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައްވަނީ ބަންދުކުރެވިފައި.
— Elections Commission (@ElectionsMv) April 21, 2024
#vihi24 pic.twitter.com/GIr4GM8INH
މިއަދުގެ އިންތިހާބުގެ ވޯޓްލުން ހަމަޖެހިފައިވަނީ ހެދުނު 8 އިން ހަވީރު 5:30 އާއި ހަމައަށެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.