މިދިޔަ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަންހެނުން އައިޝަތު ނަހުލާއަށް ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވުނެވެ.
ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރި މިދާއިރާއިން ކުރި ހޯދާފައިވަނީ އިދުކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު ޑރ. އަހުމަދު ޝަމްހީދުއެވެ.
މި ދާއިރާއަށް ވާދަ ކުރެއްވި ރާއިސް މައުމޫންގެ ދަރިކަލުން ދުންޔާ މުއުމޫނަށްވެސް ވަނީ ނާކާމިޔާބުވެފައިއެވެ. މިދިޔަ ދައުރުގައި އެމްޑީޕީ ދެބައިވެ އުފެދުނު ދި ޑިމޮކްރެސްގެ ކެންޑިޑޭޓް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއަށް ވެސް ހުޅުމާލެ ދެކުނު ގޮނޑި ކާމިޔާބު ކުރެވޭނެ ގޮތެއްވަނީ ނުވެފައިއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން މާލެ އާއި ބޮޑިތި އާބާދީ ތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރަމުން ދަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.