-Advertisement-

-Advertisement-

ދި ޑިމޮކްރެޓްސް އަށް ބޮޑު ބައްޔެއް. އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވި

ދި ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން – ފޮޓޯ: އެޓޯލްސް ޓައިމްސް

މިދިޔަ ސަރުކާރުގެ ރާއިސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދުގައި ދިމާވި ހިޔާލުތަފާތުވުމާއި އެކު ރައީސް ނާޝީދަށް ތާއިދު ކުރައްވާ ބޭފުޅުން އެމްޑީޕީނިން ނުކުމެ އުފެއްދި ދި ޑިމޮކްރެޓްސް ޕާޓީއަށް މިއަދުގެ އިންތިހާބުން ވަނީ ބޮޑު ނާކަމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައެވެ. އެ ޕާޓީއިން ވާދަ ކުރި 39 ދާއިރާއިން އެއްވެސް ދާއިރާއެއްގެ ގޮނޑި ކާމިޔާބުވާ ގޮތެއްވަނީ ނުވެފައިއެވެ.

އޭގެ އިތުރުން ގިނަ ދުވަސްތަކެއްވަންދެން އެމްޑީޕީގެ ޓިކެޓުގައި މަޖީލީހުގައި ދާއިރާ ފުރުއްވަމުން ދިޔަ ބޭފުޅުންނަށްވެސް ވަނީ އެ ދާއިރާތައް ގެއްލިފިއެވެ. އެގޮތުން ވިދިވިދިގެން ތިން ދައުރަށްވުރެ ގިނަ ދައުރު ފުރުއްވާފައިވާ ގަލޮޅު އިތުރު ދާއިރާ, ހެންވޭރު ހުޅަނގު ދާއިރާ, މެދު ހެންވޭރު, މާފަންނު އުތުރު ދާއިރާވެސް ވަނީ ގެއްލިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުން ގިނަ ދުވަސްތަކެއްވީ މޫނުތައް ގެއްލި އާ މޫނުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-