އަދާލަތު ޕާޓީގެ ފަރާތުން 20 ވަނަ ރައްޔުތުން މަޖީލުހެގެ މަކުނުދޫ ދާއިރާގެ މެންބަރުން ކަމަށް ކުރިމަތިލެއްވި ނިމިދިޔަ ދައުރުގެ މިނިސްޓަރ އޮފް ހޯމް އެފެއާރސް އިމްރާން އަބްދުﷲ އަށް އެގޮނޑި ކާމިޔާބު ނުކުރެވުނެވެ.
އިމްރާނަށް މި ދާއިރާ ނާކާމިޔާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އާއި ވާދަކުރައްވައެވެ. މި ދާއިރާ އަށް އިމްރާން އާއިއެކު ވާދަ ކުރައްވާފައިވަނީ އިތުރު 02 ކެންޑިޑެޓުންނެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް ޝަފީޤް އާއި އެމްޑީޕީގެ ކެންޑިޑޭޓް އަދި އެދާއިރާގެ މިހާރުގެ މެންބަރު، މުޙައްމަދު ރާއީ އެވެ.
މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި މިދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ އާދަމް ޝަފީޤްއެވެ.