20 ވަނަ ރައްޔުތުން މަޖީލުހެގެ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އޭދަފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.
އޭދަފުށި ދާއިރާގެ ނިމިދިޔަ 3 ދައުރުގެ މެންބަރު ސަލީމް އާއިއެކު މި ދާއިރާއަށް ދެން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް ޙަމީދު މުޙައްމަދު (ޙަމީދު)، ޖުމްޙޫރީ ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ނާސިރު، އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ވިސާމް އާއި ޔާސިރު ހުސައިން އެވެ.
ޕީއެންސީގެ ފަރާތުން މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ސަލީމް، ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މި 4 ކެންޑިޑޭޓުންނާއި ވާދަކޮށް 65.4 އިންސައްތައިންނެވެ. މިއީ ސަލީމް މަޖިލީހުގައި އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވާ 4 ވަނަ ދައުރެވެ.