-Advertisement-

-Advertisement-

ޕީއެންސީއަށް މަޖިލީސް ސުޕަ މެޖޯރިޓީ ލިބިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. ބިލެއްދޫއަށް ވަޑައިގަތުން – ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިއްޖެއެވެ.

މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޕީއެންސީއިން ވަނީ 66 ދާއިރާއަކުން ކުރި ހޯދާފައިއެވެ. އަދި ސަރުކާރުން ތާއިދު ކުރާ ބައެއް އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ގޮނޑި ކަށަވަރު ކޮއްފެވެ.  ރާއްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމުށް ރައްޔިތުންގެ މަޖިލީހުގެ 3/2 ބޭނުންވެއެވެ. 20 ވަނަ މަޖިލީހުގައި 93 ދާއިރާ ވާއިރުގައި ޕީއެންސީ އިން ސުޕަ މެޖޯރިޓީ ހޯދުމަށް ބޭނުންވަނީ 62 ދާއިރާ ކާމިޔާބު ކުރަންށެވެ. ޕީއެންސީއަށް 62 ދާއިރާގެ ގޮނޑި ކަށަވަރުވެފައިވާ ކަމަށް މިހާތަނަށް ނެރެފައިވާ ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ޕީއެންސީ އިން މި އިންތިހާބުގައި މި ހޯއްދެވި ކާމިޔާބީއާއި އެކުގައި ސަރުކާރުން ބޭނުންވާ ކޮންމެ ބިލެއް އެ ޕާޓީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް މިހާރު މަޖިލީހުން ފާސްކުރެވޭނެއެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ނެގައި ދިވެހީންގެ ރާއްޖެ މެނިފެސްޓޯ ތަންފީޒުކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެއީ އެ މެނިފެސްޓޯގައިވާ ބައެއް ކަންތައް ކުރުމަށް ގާނޫނުތައް ހެދުމައި, ގާނޫނުތަކަށް ބަދަލު ގެއްނަންޖެހޭތީވެއެވެ.

މަޖިލީސްގެ މިޖޯރިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބުމުން ދައުރުގެ ބާކީ އޮތްބައިގައި ވެރިކަން ކުރަން ވަރަށް ފަސޭހަ ވެގެންދާނޭކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-