ޖުމްޙޫރީ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔުތުން މަޖީލުހެގެ ދުވާފަރު ދާއިރާގެ މެންބަރުން ކަމަށް ކުރިމަތިލެއްވި އަޒްލީން އަޙްމަދަށް އެގޮނޑި ކާމިޔާބު ނުކުރެވުނެވެ.
ޖުމްޙޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި، އަދި ކުރީގެ މިނިސްޓަރ އޮފް ހޯމް އެފެއާރސްގެ މާޤާމް ފުރުއްވާފައިވާ އަޒްލީން އަޙްމަދު އަށް ދުވާފަރު ދާއިރާ ނާކާމިޔާބުވެފައިވަނީ އިތުރު 3 މެންބަރުނާއި ވާދަކުރައްވައެވެ.
މި ދާއިރާގެ ވަގުތީ ނަތީޖާ އަށް ބަލާއިރު ކުރީގައި އުޅުއްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާޙިމް އަބްދުލް ރަޙްމާން (އިބުކޮ) އަދި ދެވަނައިގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު އަލީ އެވެ. މި ދާއިރާ އަށް އިތުރަށް ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް އަޙްމަދު (އިއްސެ) އެވެ.