20 ވަނަ ރައްޔުތުން މަޖީލުހެގެ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ޑރ. އަނާރާ ނައީމް، ހުރާ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.
އަދާލާތުގެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ 2014 އިން 2019 އަށް މަކުނުދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޑރ. އަނާރާ ހުރާ ދާއިރާ އަށް ކުރިމަތިލައްވާފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މި ދާއިރާއަށް ޑރ. އަނާރާގެ އިތުރުން 3 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް ޝާތިރު އަބްދުލް ރަޙްމާނު (ޝާތިރު)، ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ވާރިޝް (ވާރި) އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އާމިނަތު ރުލާ އަޙްމަދު އެވެ.