20 ވަނަ ރައްޔުތުން މަޖީލުހެގެ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އިބްރާހިމް ފަލާހް، އިނގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައިވެސް މި ދާއިރާގެ މަޖިލިސް މެންބަރުކަން ފުރިހަމަ ކުރައްވާފައިވާ ފަލާހް މިފަހަރު ކުރިމަތިލައްވާފައިވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ.
ފަލާހް މި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިތުރު 3 ކެންޑިޑޭޓުންނާއި ވާދަކުރައްވައެވެ. އެއީ އަދާލަތު ޕާޓީގެ ކެންޑިޑޭޓް އިސްމާއިލް އަލީ، އެމްޑީޕީގެ ކެންޑީޑޭޓް ސަލީމް ޙުސައިން އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޙަސަން ޤާސިމް (އަވެރޭ ޙަސަން) އެވެ.