-Advertisement-

-Advertisement-

20 ވަނަ މަޖިލީހުގައި 3 އަންހެން މެންބަރުން

ރައްޔިތުން މިޖިލީހަށް ވާދަ ކުރި އަންހެން ކެންޑިޑޭޓިންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެއްވުނީ 3 ކެންޑިޑޭޓުނަށެވެ.

މިއަދު ބޭއްވުނު 20 ވަނަ މަޖިލީހަށް މެންބަރުން ހޮވުމުގެ އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ ޕީއެންސީއިން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ އިރުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރި 3 އަންހެން ކެނޑިޑޭޓުންގެ ތެރެއިން 2 އަންހެން ކެންޑިޑޭޓެއް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

އެއީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ)އެވެ.

މީގެ އިތުރުން ގޮނޑި ކާމިޔާބު ކުރެއްވި އަންހެން ކެނޑިޑޭޓަކީ ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އަނާރާ ނައީމެވެ. އަނާރާ އަމިއްލަ ގޮތުން ކުރިމަތިލެއްވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އަނާރާ އަށް ތާއިދު ކުރައްވާފައެވެ.

19 ވަނަ ރައްޔިތުގެ މަޖިލީހުގައި ތިބީ 4 އިންހެން މެންބަރުންނެވެ.  

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-