-Advertisement-

-Advertisement-

ކަމިޔާބީ ފާހަގަކުރުން ހަވާ އާއި އެކު މިރޭ

އިއްޔެ ނިމިގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހޯދި ކާމިޔާބީ ފާހަގަ ކުރަން ޖަލްސާ މިރޭ ބައްވަން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ “ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ” ގެ ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ޖަލްސާ އޮންނާނެ ކަމަށެވެ. މިޖަލްސާ ފެށިގެންދާނީ ރޭގަނޑު 20:30 ކަމަށްވެސް އެ ކޯލިޝަންގެ ރައްޔިތުން މަޖިލީސް އިންތިހާބުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވުނު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. މިގޮތުން ވެރިކަންކުރާ ޕީއެންސީއަށް 68 ގޮނޑިން ކުރި ލިބިފައިވާކަމަށް ދައްކައެވެ. އަދި މީގެ އިތުރުންވެސް ރައީސް މުއިއްޒުގެ ތާއީދާއެކުގައި މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރި ބައެއް މެންބަރުން ވެސް ވަނި ގޮނޑި ކާމޔާބު ކޮއްފައެވެ.

އިދިކޮޅު މައި ޕާޓީ އަށް މިހާތަނަށް ކުރި ހޯދިފައިވަނީ އެންމެ 10 ދާއިރާއަކުންނެވެ. ރައީސް ޔާމިންގެ ތާއިދާއި އެކު ނުކުތް އަމިއްލަ ކެންޑިޑޭޓުންނާއި, ރައީސް ނަޝީދުގެ ޕާޓީ ދި ޑިމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ވަނީ ކަށަވަރުނުވެފައެވެ.

އިއްޔެގެ ނަތީޖާއާއި އެކުގައި މަޖިލީހިގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރި މެންބަރުން ގެއްލި 20 ވަނަ މަޖިލީހުގައި އާ މޫނުތަކެއް ފެންނާނެ ކަމަށްވަނީ ބެލެވިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-