-Advertisement-

-Advertisement-

ރައީސް ނާޝީދުގެ މަރުހަބާ ރައީސް މުއިއްޒުއަށް

ރިޔާސީ އިންތިހާބައް ފަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީސް ރައީސް ބައްދަލުކުރެއްވުން (2023) – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އިއްޔެ ނިމިގެންދިޔަ 20 ވަނަ މަޖިލީސް އިންތިހާބުގައި ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ އިން ހޯއްދެވި ކާމިޔާބާއަށް ކުރީގެ ރައީސް އަދި 19 ވަނަ މަޖިލީހުގައި މަޖިލީސް ރައީސްކަން ވެސް ކުރެއްވި ރައިސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު  އެކްސްގައި ޕޯސްޓް ކުރަމުން ބުނެފައިވަނީ 20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް އެ ޕާޓީގެ މެންބަރުންނަށާއި, ރައީސް މުއިއްޒު އަދި ޕާޓީގެ ވެރިނަށް އަރުވާ ކަމަށެވެ.

އިއްޔެ ބޭއްވުނު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. މިގޮތުން ވެރިކަންކުރާ ޕީއެންސީއަށް 68 ގޮނޑިން ކުރި ލިބިފައިވާކަމަށް ދައްކައެވެ. އަދި މީގެ އިތުރުންވެސް ރައީސް މުއިއްޒުގެ ތާއީދާއެކުގައި މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރި ބައެއް މެންބަރުން ވެސް ވަނި ގޮނޑި ކާމިޔާބު ކޮއްފައެވެ.

މި އިންތިހާބުގެ ނަތީޖާއަށް ފަހުގައި ރާއްޖޭގެ ސިޔާސީ މާޝްރަހު ވަރަށް ބޮޑަށް ބަދަލުވެގެންދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-