ގައުމީ އެއާލައިން، މޯލްޑިވިއަނުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްރީ ލަންކާގެ، ވެރިރަށް ކޮލަމްބޯއަށް ދަތުރުތައް ފަށަށް ތައްޔާރުވެއްޖެއެވެ.
އެ އެއާލައިނުން ކޮލަމްބޯއަށް ފަށާ މި ދަތުރުތަކުގެ ޓިކެޓު އަގު ފެށެނީ 165 ޑޮލަރަށެވެ.
ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ދަތުރުތައް އޮންނަ އިރު، ބެގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބިގެންދެއެވެ.
މާލެއިން ކޮލަމްބޯއަށް ފުލައިޓް އޮންނާނީ ރޭގަނޑު 19:35 ގައިއެވެ. އަދިި ކޮލަމްބޯއިން މާލެއަށް ފުލައިޓް އޮންނާނީ ރޭގަނޑު 22:35 ގައެވެ.
އަދި ފުލައިޓު މަތިން ކާތަކެތި ޕަސެންޖަރުންނަށް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން،ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުންޑެންޓަލް ޗެކަޕާއި ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ އެވެ.
މީގެ އިތުރުން އެފަރާތުން ބުނީ އުމުރުން ދުވަސްވީ ޕަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުންއެސިސްޓެންޓުންގެ ގޮތުގައި ތިބޭނެ ކަމަށެވެ.
ކޮލަމްބޯ ދަތުރުތައް ބުރާސްފަތި އަދި ހޮނިހިރުގައި ބޭއްވުމުގެ ބޭނުމަކީ ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހުއަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް ހަދައި، ހަފުތާ ބަންދަށް ސްރީ ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.