-Advertisement-

-Advertisement-

ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަނީ

ޕީއެންސީ އާއި އަލަށް ގުޅުނު މެންބަރުން -- ފޮޓޯ: އަދަދު

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ ހާއްސަ ޖަލްސާއަކާއެކު ހަވާ އަރުވަން އެ ޕާޓީއިން ނިންމައިފިއެވެ.

ޕީއެންސީއިން ބުނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ. އަދި ހަވާއަރުވަން ހަމަޖެހިފައިވަނީ މިރ ޭ21:30 ގައެވެ. ސިފްކޯއިން ބުނީ މި ހަރަކާތަކީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ޕީއެންސީ އިން ވަނީ “ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުހަބާ” ގެ ނަމުގައި ބާއްވާ މި ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-