-Advertisement-

-Advertisement-

ޔޫސުފަށް ބެލީ މަދު ބައެއް

ނިމިދިޔަ ރައްޔިތުން މަޖިލީސް އިންތިހާބުގައި ޔޫސުފް އަބްދުالله އަށް ވެސް އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ޔޫސުފްގެ ކެންޕޭނަށް ހުޅުމާލެ ބްރިޖު ކައިރީގައި ޖަހާފައިހުރި ޕޯސްޓަރެއް މީސްމީޑިއާގައި ވަނީ އާންމުވެ ގިނަ މީހުންގެ ސަމާލުކަން ހޯދާފައެވެ. “ޔޫސުފަށް ބަލައިގެން ދުއްވަވާ” ޖަހާފައިވާ މި ޕޯސްޓައް ސަމާސާކޮށް ވީޑިއޯ ވެސް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

އަމިއްލަ ގޮތުން ޔޫސުފު ވާދަ ކުރި ނައިފަރު ދާއިރާ ކާމިޔާބު ކުރީވެސް އެދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރި ޔަޒީންއެވެ. އެދާއިރާއަށް ޖުމްލަ 7 ކެންޑިޑޭޓެއް ވާދަކޮއްފައިވެއެވެ. ސަރުކާރުގެ ކެންޑިޑޭޓަށް ވެސް އެދާއިރާއިން ވަނީ ނާކާމިޔާބު ލިބިފައެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޔޫސުފަށް ލިބިފައިވަނީ 200 ވަރަކަށް ވޯޓެވެ.

ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ސަރުކާރުގެ މައި ޕާޓީ ޕީއެންސީ އިން ވަނީ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައެވެ. މިހާތަނަށް ގުނާފައިވާ ވޯޓިތަކުން ޕީއެންސީއަށް ވަނީ 66 ގޮނޑި ކާމިޔާބު ކޮއްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-