ސަރުކާރު ހިންގާ ޕީއެންސީ އަށް ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާތީ، ދެން ރާއްޖެ އަށް ބޭނުން ވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދިީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ.
Zimmaadhaaru opposition party ehge dhauru adhaakuraane party akah raajje mihaaru mivanee inthihaa ah beynunvefai.
— Adam Shareef Umar (@Adamshareefz) April 21, 2024
Fehi QA in libidhin multiparty democracyge manfaa rayyithunnah kuraanee thahuzeebu mujuthamauthakugai kankuraa fadhain, sababuveri insaanehge visnumaai khiyaalaai…
ޝަރީފް ވިދާޅުވީ އެކަން ކުރެވޭނީ ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީ އަކީ ވަކި ފިކުރެއް ނުވަތަ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން ކަމަށެވެ. ޝަރީފް ވަނީ ހޮވުނު ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.