-Advertisement-

-Advertisement-

ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަން: ރައީސް

މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާ. ފޮޓޯ. މިހާރު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ކުރި ފުރިހަމަ ތާއީދާ އެކު ދެން ފެންނާނީ އަމަލީ ގޮތުން ކަން ކަން ކުރާ ތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަޓަކައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ކުރި އިތުބާރުގެ މަތީގައި، މުޅި ސަރުކާރު އަޒުމް އާ ކުރަންވީ އިހްލާސްތެރިކަމާ އެކީގައި ކުރިއަށް ދިޔުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސާބިތުކޮށްދިނީ، ގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގަ ހޯދުމާ އެކު ހަމަޖެހުމާއި ހިތްހަމަޖެހުން ބޭނުންވެފައި އޮތް މިންވަރެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަން ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސީދާ ޕީއެންސީގެ ކެންޑިޑޭޓުން 66 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ، އެމްއެންޕީ އަދި ޖޭޕީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސަރުކާރުން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު، މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ސުޕާ މެޖޯރިޓީއަށް ބޭނުންވާ 70 ގޮނޑި ސަރުކާރުން ވަނީ ކާމިޔާބުކޮށްފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-