-Advertisement-

-Advertisement-

‎މަޝްއަރު ޓުއާސްއާ އެކު އުމްރާއަށް ދިޔަ މީހުން ރާއްޖެ ގެނެސްފި

އުމްރާގެ އަޅުކަމަށް ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް ވަނީ އެދިފައި --

މަޝްއަރު ޓުއާސްގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނެސްފި އެވެ.

މަޝްއަރު ގުރޫޕުން 53 މީހަކު އުމްރާއަށް ގެންދިޔައީ އެ މީހުންގެ އަތުން ދެކޮޅު ޓިކެޓަށްވާ ފައިސާ ނަގައިގެން ނަމަވެސް އުމްރާގެ އަޅުކަން ނިންމުމަށްފަހުއެމީހުން ރާއްޖެ އައުމަށްޓަކައި މަޝްއަރު ޓުއާސްގެ ފަރާތުން ޓިކެޓަށް ފައިސާ ދެއްކުމަށް އޭސް ޓްރެވެލްސްއަށް ދޫކުރި ޗެކް ބައުންސްވުމުން ގިނަދުވަސްތަކަކަށް އެމީހުން މައްކާގައި ތާށިވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްއަރު ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ބުނީ އެ ގުރޫޕުން ފުރަތަމަ އެންގީ އެ މީހުން އަމިއްލަ ޓިކެޓް ނަގައިގެން މާލެދިއުމަށް ނަމަވެސް، ފަހުން އެ ގުރޫޕުން ޓިކެޓް ހަމަޖައްސައިދީ މިދިޔަ ހޮނިހިރު ދުވަހު އެންމެން މާލެ ގެނެސްދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނައުމަށް އެއާލައިން އެޖެންޓަށް ދޫކުރި ޗެކް ބައުންސްވެ މައްސަލަތަކެއް ދިމާވުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެޖަމާއަތަށް ދިން ހުއްދަ އޭރު ބާތިލްކޮށްފަ އެވެ.

އެހެންކަމުން މިއަހަރު މަޝްއަރު ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީމަޝްއަރު ޓުއާސްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެން ކަމަށްވެ އެވެ. އަދިމި އެޖެންސީ އަކީ ރަޖިސްޓްރީކޮށްފައި ނުވާ އެޖެންސީ އެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-