-Advertisement-

-Advertisement-

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭކަން ގާނޫނުއަސާސީގައި ހިމަނަނީ

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭކަން ގާނޫނުއަސާސީގައި ހިމަނަން ނިންމައިފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލް މަޖިލީހަށް ތައާރަފްކޮށްފައިވާއިރު، ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ގާނޫނުއަސާސީއަށް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީއަކުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމުންވެސް ގޮނޑި ގެއްލޭނެ އެވެ.

މީގެ އިތުރުން މެމްބަރަކު މަގާމުން ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނެގޭ އާއްމު ވޯޓުގައި މެމްބަރު ވަކިކުރަން އަގުލަބިއްޔަތުން ނިންމައިފި ނަމަވެސް މެމްބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެއެވެ.

ހަސަން ލަތީފް މި އިސްލާހު ހުށަހަޅުއްވާފައިވާއިރު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-