-Advertisement-

-Advertisement-

މެލޭޝިޔާގެ އަސްކަރީ 2 ހެލިކޮޕްޓަރެއް ޖެހި 10 މީހުން މަރުވެއްޖެ

ހެލިކޮޕްޓަރު ޖެހި 10 މީހުން ވަނީ މަރުވެފައި / ފޮޓޯ: ޕުޝް ނިއުސްޕޭޕާ

މިހާދިސާ ހިނގާފައިވަނީ ނޭވީ ދުވަސް ފާހަގު ކުރުމަށް ވައިގެ އަސްކަރީ ހެވި ކަމުގެ ތަމްރީންތަކެއް ކުރަމުން ދަނިކޮށް 2 ހެލިކޮޕްޓަރެއް ޖެހިގެންނެވެ. މިހާދިސާ އިންގާފައިވަނީ އިއްޔެ ހެދުނު 9:30 ހާ އިރުއެވެ.

2 ހެލިކޮޕްޓަރުގެ ތެރެއިން 7 މީހުންނާއި އެކު ތަމްރީން ކުރަމުންދިޔަ ހެލިކޮޕްޓަރު ވަނީ ދުވާ ޓެރެކަށް ވެއްޓިފައެވެ. އެނެއް ހެލިކޮޕްޓަރު ވެއްޓިފައިވަނީ ކައިރި ހުރި ސްވިމިން ޕޫލަކަށެވެ. މި ހެލިކޮޕްޓަރުގައި 3 މީހުން ތިބި ކަމަށް މެލޭޝިއަން ރޯޔަލް ނޭވީ ވަނީ މައުލޫމާތުދީފައެވެ.

ނޭވީ އިން ވަނީ މި އެކްސިޑެންޓު ހިނގި ވަގުތު ހެލިކޮޕްޓަރުގައި ތިބި އެންމެން މަރުވެފައިވާ ކަން ކަށަވަރުކޮށް ދީފައެވެ.  މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށްވެސް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ހަބަރު ތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން މެލޭޝިޔާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހީމް ވަނީ މި ހާދިސާގައި މަރުވި ހުރިހާ ފަރާތެއްގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މި ކަހަލަ އެކްސިޑެންޓެއް ވަނީ މެލޭޝިޔާގައި ހިނގާ އެތައް ބައެއްގެ ފުރާނަ ގެއްލިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-