-Advertisement-

-Advertisement-

މޯދީ މުސްލިމުންނަށް ފުރައްސާރަކޮށްފި. މައްސަލަ ކޮންގްރެސްއަަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

މޯދީ ކެމްޕެއިން ސްޕީޗްތަކުގައި އެ ގައުމުގެ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ އިދިކޮޅު މައި ޕާޓީ، ކޮންގްރެސްއިން ހުށަހަޅައިފިއެވެ.

ހިންދީންނަށް އިސްކަންދިނުމުގެ ވަރުގަދަ ސިޔާސަތެއް މޯދީ ގެންގުޅޭއިރު އެއީ އޭނާގެ ކެމްޕެއިންގެ މައިގަނޑު އަސާސް ކަމަށް ވަނީ ހަދައިފަ އެވެ. މޯދީއާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ މަސައްކަތްކުރައްވަނީ އިންޑިއާގައި ބައި މަދު [200 މިލިއަން] މުސްލިމުން ބާކީކުރުމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގެ ގާނޫނުއަސާސީގައި އެއީ ސެކިއުލާ ނުވަތަ ދައުލަތުގެ ވަކި ދީނެއް ނޯންނަ ގައުމެއް ކަމަށް ކަނޑައަޅާފައި ވާއިރު އިންތިހާބުތަކުގައި ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ކުޑައިމީސްވާ ގޮތަށް ކެމްޕެއިން ކުރުމަކީ ވެސް މަނާ ކަމެކެވެ.

ކޮންގްރެސް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބައިބައިވުން އުފެދޭ ގޮތަށް ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް މޯދީ ދައްކަވާފައިވާ ކަމަށެވެ. މިއީ އިންތިހާބާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފް އަމަލެއް ކަމަށް ކޮންގްރެސްގެ ޝަކުވާގައިވެ އެވެ.

އިންޑިއާގެ އާންމު އިންތިހާބު މި މަހުގެ 19 ގައި ފަށައިގެން ކުރިއަށް ދާއިރު، ހަ ހަފްތާގެ މުއްދަތަށް އޮންނަ މި އިންތިހާބުގައި މޯދީ އަށް ފަސޭހަކަމާ އެކު ކާމިޔާބުވާނެ ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-