-Advertisement-

-Advertisement-

ކޮމިޓީން 8 ގައުމަކަށް ސަފީރުން އައްޔަންކުރަން ފާސްކޮށްފި

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ކޮމިޓީން 8 ގައުމަކަށް ސަފީރުން އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަފީރު ކަމަށް އައްޔަނުކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުން ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އަށް ގައުމަކަށް އައްޔަނުކުރައްވާފައިވާ ސަފީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދިން ބޭފުޅުން:

1. ޔޫއޭއީ – މުހައްމަދު ހުސެއިން ޝަރީފް (މުންދު)

2. އިނގިރޭސިވިލާތް – އިރުތިޝާމް އާދަމް

3. އދ. – އަލީ ނަސީރު މުހައްމަދު (އަލިނީ)

4. ސްރީ ލަންކާ – މަސްއޫދު އިމާދު

5. މެލޭޝިއާ – މަރިޔަމް ޝަބީނާ އަހުމަދު

6. ބެލްޖިއަމް އާއި އީޔޫ – ގީލާ އަލީ

7. ސިންގަޕޫރު – މުހައްމަދު ލުވެއިޒު

8. ޖެނީވާ – ޑރ. ސަލްމާ ރަޝީދު

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ މުންދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.

ލަންކާ ސަފީރު ކަމަށް އައްޔަން ކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބަކަށް އައްޔަނުކުރައްވާ ޑރ. ސަލްމާއަކީ ނިމުނު މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. އަދި ޑރ. ސަލްމާއަކީ ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރައްވާ މުންދުގެ ބޮޑުދައިތަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-