އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ އަބްދުﷲ އަލީ އެވެ. އޭނާއަކީ ހއ. އިހަވަންދޫ ފެހިފަރުދާގެ އަށް ނިސްބަތްވާ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުالله އަލީ ނިޔާވީ, މައްކާގެ އަލް-އަހްލީ ހޮސްޕިޓަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 10:00 ޖެހިއިރުއެވެ.
އުމްރާގެ އަޅުކަމަށް ސައުދީއަށް އަބްދުالله އަލީ ގޮސްފައިވަނީ ލައްބައެކަ ޓްއާސްގެ ހަވާލުގައި މިދިޔަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.
ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި މީހުން މަރުވުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ.