ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ، ފުވައްމުލަކަށް ނިސްބަތްވާ މިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް ވިދާޅުވީ ބަލި ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް، އާއިލާގެ އިތުރުން ދާއިރާގެ އެތައް ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް ފައިސަލް މަސައްކަތް ކުރައްވާފައިވާކަމަށެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
ބަލި ގަބޫލުކުރަމެވެ.
— Ahmed Mahloof (@AhmedMahloof) April 23, 2024
އެކަމަކު މިއީ މިކަން ހިނގާދިޔަގޮތުގެ ހަގީގަތެވެ. މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމު އޮތީ ދޫދޭގޮތަކަށްނޫނެވެ. މިމައްސަލަ ބަލާ MDP ގެ ފަރާތުން ފައިސަލް އަށް ފިޔަވަޅުއަޅަންޖެހޭ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއި ދެކޮޅަށް… https://t.co/avwHuX0lG2
އެ ދާއިރާގެ ގޮނޑި ނެގީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ. ނަޒޫ އަށް 1094 ވޯޓު ލިބިފައިވާއިރު، އެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ހުސައިންއަށް ލިބިވަޑައިގެންނެވީ، 1142 ވޯޓެވެ.
އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވިގޮތުގައި މި މައްސަލައިގައި ދޫނުދޭނެ ކަމަށާއި މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންގމޭޓަކަށް ހަމަޖެއްސި ހިސާބުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަޒޫ އެމްޑީޕީ މަޖިލީސް ޕްރައިމަރީގައި ވާދަކުރިއިރުން ފެށިގެންވެސް ފައިސަލް އޭނާގެ ކެމްޕެއިންގައިވެސް އުޅެފައެއް ނުވެއެވެ. އަދި ނަޒްރާ މަޖިލީހަށް ނުގެނައުމަށް، ފައިސަލް އެންޓިކެންޕެއިން ކުރި ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.