-Advertisement-

-Advertisement-

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާ ވެއްޖެ

ހައިވޭގައި ދުއްވާފައިދާ ޕިކަޕަކާއި ސައިކަލެއް

ހުޅުމާލޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު 5:35 ހާއިރު ހުޅުމާލޭ ފޭސް 1 ގައި ކާރެއް ފުރޮޅާލައިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯރޓް ފުލުހުންނަށް ކޮށްފައިވެއެވެ.

މީގެ އިތުރުން މި އެކްސިޑެންޓްގައި ކާރުގެ ފަހަތުގައި އިން އަންހެން މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށާއި އެނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި އަދި އެ ކާރު ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-