-Advertisement-

-Advertisement-

‎މަސްތުވާތަކެތި ހުރި ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެނީ

އައިޖީއެމްއެޗް / ފޮޓޯ: ސަން

ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ފަރާތުން ރޭ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ ފުލުހުން މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެކެވެ.

އެމީހާށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށާއި އެކަމުގެ މައުލޫމާތު އެ މީހާގެ އާއިލާއަށް މިހާރު ދީފައިވާ ކަމަށްވެސް ފުލުހުންބުނެފައިވެއެވެ.

އެމީހާ ދިރުވާލީ ކިތައް މަސްތުވާތަކެތި ހުރި ބުލެޓް ކަމެއް އަދި އެ މީހާގެ އެއްވެސް ތަފުސީލެއް ލިބިފައިއެއް ނުވެއެވެ.

ފުލުހުން ދަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-