-Advertisement-

-Advertisement-

އެމްކިއުއޭގެ ހުއްދަ އޮތް ކަމަށް ބުނެ ލަންކާގައި ކޯސްތަކެއް އިޝްތިހާރުކުރަނީ

ވެލާނާ ބިލްޑިންގް – ފޮޓޯ: އަވަސް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަލިބިފައިނުވާ ކޯސްތަކަކަށް، ހުއްދަ ލިބިފައިވާ ކަމަށް ބުނެ ސްރީލަންކާގައި އިޝްތިހާރު ކުރާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެމްކިއުއޭގެ ފަރާތުން ނެރިފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ މަތީ ތައުލީމްދޭ މަރުކަޒެއް ކަމަށްވާ “އެޕެކްސް އެޑް”އިން އެ މަރުކަޒުގައި ހިންގަމުން އަންނަ ކޯސްތަކެއް “އެމްކިއުއޭ އެޕްރޫވަލް” ޖަހައިގެން އިޝްތިހާރުކޮށްފައިވާތީ އެކަން ނުކުރުމަށް އެ އޮތޯރިޓީން ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

އެ މަރުކަޒުން ދަނީ އެ އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަން ދެއްކުމަށްޓަކައި، ރާއްޖޭގެ ދަރިވަރަކަށް އެތަނުގައި ކިޔެވުމަށް ދޫކޮށްފައިވާ ލިޔުމުގައިވާ ދަރިވަރުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ކަނޑާލުމަށްފަހު އެ ލިޔުމަކީ އެ މަރުކަޒަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ދަރިވަރުންނަށް ފޮނުވަމުން ކަމަށް ވެސް އެމްކިއުއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމްކިއުއޭ އިން ބުނެފައިވަނީ އެ އޮތޯރިޓިން ދޫކުރާ ޕްރޮގްރާމް ގަބޫލު ކުރުމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެ ދަރިވަރަކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކްކުރުމަށްފަހު ސީދާ އެ ދަރިވަކަށް ދޫކުރާ ލިޔުމެއް ކަަމަށާއި، އެ ލިޔުމަކީ އާންމުކޮށް ހުރިހާ ދަރިވަރުންނަށް ފޮނުވާ ލިޔުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެހެންކަމުން، ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ކިޔަވަން ފެށުމުގެ ކުރިން ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ސަމާލުވުމަށް އެމްކިއުއޭގެ ބަޔާނުގައި އެދިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-