ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރ އަދި މިހާރުގެ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް މިއަދު ހެންދުނު އޭޑީކޭ ހޮސްޕީޓަލްގައި ނިޔާވެއްޖެއެވެ.
އެކްސްގައި ޕޯސްޓު ކުރަމުން ޝާހިދު ވިދާޅުވެފައިވަނީ ބައްޕާފުޅު މިއަދު ހެދުނު ނިޔާވެއްޖެކަމަށާއި, އޭނާގެ ބައްޕާފުޅަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިއްވަރުކަމަށެވެ.
ޝާހިދުގެ ބައްޕާފުޅުގެ މޫން ދެއްކުން މިއަދު 11 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ކަށު ނަމާދު އޮންނާނީ މިއަދުގެ ޢަސްރު ނަމާދަށްފަހުއެވެ. މައްޔިތާގެ ކަށްނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރިވަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
ޝައިހް މޫސާ ޖަމީލު ނިސްބަތްވަނީ ރާއްޖޭގައި ރަސްކަން ކުރެއްވި ހުރަވީ ދަރިކޮޅަށެވެ.