އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަށްވައި ގޮނޑި ކާމިޔާބު ކުރެއްވި 6 މެންބަރުން ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ސޮއި ކުރަށްވައިފިއެވެ.
އިއްޔެ މުލިއާގޭގައި މި ބޭފުޅުން ޕީއެންސީއަށް ސޮއި ކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙާޟިރުގައެވެ.
އަދި، މިއާއެކު ޕީއެންސީގެ ޖުމްލަ މެންބަރުންގެ ޢަދަދު ވަނީ 72 އަށް އަރާފައިއެވެ.
ޕީއެންސީއަށް ސޮއިކޮށްފައިވާ ކެނޑިޑޭތުންގެ ތެރޭގައި ހިމެނެނީ:
- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް
- މަތިވެރި ދާއިރާއިން އިންތިހާބުވި ހަސަން ޒަރީރު
- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޟަމީރް
- ތިމަރަފުށި ދާއިރާއިން އިންތިހާބުވި އަހުމަދު ރިޔާޒު
- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ
- ވިލިނގިލި ދާއިރާއިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް
މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމާއި އެމްއެންޕީގެ މުޙައްމަދު ނާޒިމާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ތާޢީދު ކުރަށްވަނީ ސަރުކާރަށެވެ.
އެހެންކަމުން މަޖިލީހުގައި ސަރުކާރަށް ތާޢީދު ކުރަށްވާ 76 މެންބަރުން ތިއްބަވާނެއެވެ.