-Advertisement-

-Advertisement-

އިސްރާއީލުން ރަފާހްއަށް ކޮންމެ ވަގުތެއްގައިވެސް އަރައިގެންފާނެ

އިސްރާއީލުން ރަފާހްއަށް ކޮންމެ ވަގުތެއްގައިވެސް އަރައިގެންފާނެކަމަށް ބޭރުގެ ހަބަރުތަކުގައި ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް 200 ދުވަސް ވެފައިވާއިރު، ރަފާހް އިން މީހުން ބާލައި ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ޣައްޒާއަށް ޔަހޫދީން އަރައިގަނެ ޖަރީމާތައް ހިންގަން ފެށުމާއެކު، ޣައްޒާގެ އާންމު ރައްޔިތުން ރައްކާތެރި ތަނެއް ހޯދަން ގޮސް މިހާރު ވަދެތިބީވެސް ރަފާހް ގައެވެ. އިސްރާއީލުން ރަފާއަށް އަރަން މިހާރު ދައްކަމުންދާ ބަހަނާއަކީ ހަމާސްގެ ޖަމާއަތުގެ މީހުން ފިލައިގެން ތިބީ އެތާގެ ކަމަށާއި އަދި ރަހީނު ކުރި މީހުންވެސް ފޮރުވާފައިވަނީ ރަފާގައި ކަމަށް ބުނެއެވެ.

އިސްރާއީލު ސިފައިން ރަފާހްއަށް ނޭރުމަށް އދ އާއި އެމެރިކާއިން ވެސް އޮތީ ގޮވާލައި އިންޒާރު ދީފަ އެވެ.

ޣައްޒާގެ ހާލަތު މިފަދަ ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް ބެންޖަމިން ނަތަންޔާހޫ ވަނީ ދުނިޔޭގެ ސުލްހައަށް ގޮންޖަހައި، ޔަހޫދީންނަށް ވުރެ މުހިއްމު ބަޔަކު ނުތިބޭނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އިސްރާއީލުގެ ރޭވުމަކީ ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ރަފާހްއިން މީހުން ބާލަން ފެށުން ކަމަށް މިސްރުގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ އޮންލައިން ނޫސް ވޯލް ސްޓްރީޓް ޖާނަލުން ބުނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-