-Advertisement-

-Advertisement-

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރު ކޮށްފި

ފޮޓޯ؛ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

ކޮންމެ އަހަރަކުވެސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް  ހޯދައިދިނުމުގެ ގޮތުން ދޫކުރަމުންދާ ސްޓޫޑަންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަންއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފުރުސަތު މިހާރު އަންނަ މަހުގެ 02 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ފަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ 500 ސްޓޫޑަންޓް ލޯނުގެ ފުރުސަތެވެ.

މި ފަހަރުގެ ސްޓޫޑެންޓް ލޯންގެ ފުރުސަތުތަކުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަން ދޭން ނިންމާފައިވާއިރު ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަން ލޯނު ސްކީމުގައި ހިމަނާފައި ވެއެވެ.
މިދިޔަ އަހަރު ވަނީ ސްޓޫޑަންޓް ލޯނު ރީސްޓްރަކްޗާކޮށް އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށް އަދި ލޯނު ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް އިތުރުކޮށްދީފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-