-Advertisement-

-Advertisement-

ރައީސް ޔާމީންގެ ޕީއެންއެފް ރަސްމީކޮށް ރަޖިސްޓްރީކޮށްދީފި

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރި ބައްދަލުވުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަހަތުގައި ހުންނަވައި އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ރަސްމީކޮށް މިއަދު ރަޖިސްޓްރީ ކޮށްދީފިއެވެ.

ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ މާޒީގައި ވެދިޔަ ކަންތައްތަކަށް ފަރުވާލެއް ނެތް ކަމަށާއި އެޕާޓީ ކުރިއަށް ދާނީ ވަރުގަދަކޮށް ކަމަށެވެ.

އެންއެފްގެ މަސްއޫލުވެރިއަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ ވަގުތީ ރައީސްއަކީ ވެސް އޭނާ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ 300 އަށްވުރެ ގިނަ މެމްބަރުންނާއެކު އެޕްރިލް، 9 ގައި ޣިޔާސުއްދީން ސްކޫލުގައި ބާއްވަން މަސައްކަތް ކުރިއިރު، ޖަލްސާ ބޭއްވުމަށް ތަކުރާރުކޮށް ފުލުހުން ހުރަސް އެޅި އެވެ.

ނަމަވެސް ޖަލްސާ ފަހުން ނިއުޕޯޓް ހިމެނޭ ސަރަހައްދަށް ބަދަލުކޮށް، އެ ރޭ ދަންވަރު 329 މެންބަރުންނާއެކު ބާއްވައި ޕީއެންއެފްގެ ނަމާއި, ކުލަތަކާއި, ލޯގޯ, އަސާސީ ގަވައިދު އަދި މެނިފެސްޓޯ ވަނީ ފާސްކޮށް ޕާޓީ އުފައްދާފައެވެ.

ޕީއެންއެފްގެ އެޑްރެސްގެ ގޮތުގައި ފާސްކުރީ ހ. ހުރަފާ އެވެ. އެއީ ކުރިން ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތެވެ.

ރައީސް ޔާމީންގެ ޕާޓީ އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިހާރުވަނީ ބާތިލު ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-