-Advertisement-

-Advertisement-

ދިވެހި އަޑު ލިޔުމަށް ބަދަލުކޮށްދޭ އެޕްލިކޭޝަން އެއް ލޯންޗުކޮށްފި

އޭސީސީގެ އެޕްލިކޭޝަން ލޯންޗުކުރުން -- ފޮޓޯ/ އޭސީސީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތް އަވަސްކުރުމަށް، ދިވެހި އަޑު ލިޔުމަށް ބަދަލުކޮށްދޭ އެޕްލިކޭޝަން އެއް ލޯންޗުކޮށްފިއެވެ.

އޭސީސީ އިން ބުނީ “ކާތިބު”ގެ ނަމުގައި އެ އެޕްލިކޭޝަން އިފުތިތާހުކުރީ، މި މަހު 18ވަނަ ދުވަހު، މިކަމަށްޓަަކައި އޭސީސީގައި ބޭއްްވުނު ޙާއްސަ ރަސްމިއްޔާތެއްގައިކަމަށާއި، ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރުމުން ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތު ކުޑަކުރެވޭނެ ކަމަށެވެ.

އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، އޭސީސީގެ ރިޓަޔާޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވެސް ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ އެޕްލިކޭޝަނެއް ކަމަށާއި، މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި ހަތަރު ވަރަކަށް މަހު ކޮމިޝަނުގައި ބޭނުންކުރި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-