-Advertisement-

-Advertisement-

މޯލްޑިވިއަން އިން ސްރީލަންކާއަށް ސީދާ ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން ސްރީލަންކާއަށް ސީދާ ދަތުރުތައް ފެށުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އެމްއޭސީއެލް

ގައުމީ އެއާލައިން މޯލްޑިވިއަން އިން އަވައްޓެރި ސްރީ ލަންކާއަށް ސީދާ ދަތުރު ކުރަން މިއަދު ފަށައިފިއެވެ.

ސްރީލަންކާއަށް ސީދާ ދަތުރުތައް ފެއްޓުމަށް މިރޭ އޮތް ފުރަތަމަ ފުލައިޓުގައި 150 މީހުން ވަނީ މޯލްޑިވިއަން ގައި ލަންކާއަށް ދަތުރުކޮއްފައެވެ. މި ދަތުރުތަށް ފެށުމަށް މިރޭ ބެއްވުނު ހާއްސަ ރައްމިއްޔާތު ޝަރަފުވެރިކޮއްދެއްވީ ރާއްޖޭގެ ޓްރާސްޕޯޓް މިނިސްޓަރ މުހައްމަދު އާމީން, ސްރީލަންކާއިން ރާއްޖެއަށް ހަމަޖައްސަވާފައި ހުންނަ ސަފީރު މަޒްނަވީ ޖަހުފަރު ސަދިގު އަދި އެންއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާސްޕޯޓް މިނިސްޓަރ މުހައްމަދު އާމީން ވިދާޅުވީ މާލެ – ކޮލަންބޯ މަގަކީ ދިވެހިންނަށް ވެސް އަދި ލަންކާގެ ރައްޔިތުންނަށްވެސް ވަރަށް މުހިންމު މަގެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ އެހީގައި ގައުމީ އެއާލައިންއަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުން އަރައިގަނެވޭނެ ކަމަށެވެ.

ސްރިލަންކާގެ ކޮލަމްބޯއާއި މާލެއާއި ދެމެދު ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް އޮންނާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބިނެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-