-Advertisement-

-Advertisement-

ވިލިމާލެއަށް ފެންވަރު ރަނގަޅު ބަގީތަކެއް ގެންނަނީ

ވިލިމާލޭގައި ހިދުމަތް ދިނުމަށް މިފަހަރު ގެންނާނީ ފެންވަރު ރަނގަޅު ބަގީތައް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނެސްފައިވާ 10 ބަގީގެ ތެރެއިން ހަތް ބަގީއެއް ހަލާކުވުމާ ގުޅިގެން، މިއަދު ސިޓީ ކައުންސިލުން ވަނީ އާ ހަތް ބަގީ ގަންނަން ނިންމައިފަ އެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ ހަރަދުކުރާއިރު ގިނަ ދުވަހު ބޭނުން ކުރެވޭ ބަގީތައް ގެނައުމަށް އިސްކަން ދޭނެ ކަމަށާއި، ގެންނާނީ ވެސް ކައުންސިލަށް ގެނެސް މެމްބަރުން އިއްތިފާގުވާ އެންމެ ރަނގަޅު ބަގީތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން 10 ބަގީ ގެންނަން ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން މަހަކު 390،000ރ. ހަރަދުކުރެ އެވެ.

އަދި ހަމަ އެހެންމެ ހަލާކުވި ބަގީތަކުގެ ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކައިގެން އެމީހުން އެކަމަށް ޒިންމާ ކުރެވޭ ގޮތްތަކެއް އޮތްތޯ ލީގަލް ޓީމާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-