ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެފިއެވެ.
މެޓުން މިއަދު ބުނީ އުތުރުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރި ނަމަވެސް ހުރިހާ ހިސާބުތަކަކަށް ވެސް ކަނޑުތައް މަޑު ވާނެ ކަމަށް މެޓުން ބުނެއެވެ.
ހުރިހާ ހިސާބަކަށްވެސް ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރަައިގައި ރޭ ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވުމުގެ ސަބަބުން 40 އަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ވެފައެވެ.
ރޭ ދަންވަރު ވަނީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ.