-Advertisement-

-Advertisement-

“އަހާ” ގެ ދެވަނަ ފޯރަމް މިރޭ ބާއްވަނީ

އަހާގެ މިރޭގެ ފޯރަމްގައި ބައިވެރިވާ މިނިސްޓަރުން. ފޮޓޯ؛ ޕީއެސްއެމް

ސަރުކާރުގެ ފަރާތުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމާއި އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ “އަހާ” ފޯރަމްގެ ދެވަނަ ފޯރަމް މިރޭ ބޭއްވުމަށް އިއުލާންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 20:30 ގައެވެ.

މިރޭގެ ފޯރަމްގައި ބައިވެރުވުމަށް ހަމަޖެހިފައިވާ މިނިސްޓަރުން:

• ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު: މުޙައްމަދު އަމީން
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު: ޢަލީ އިޙްސާން
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު: އަޙްމަދު ޝިޔާމް
• މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު: ޑރ. މަރްޔަމް މާރިޔާ
• ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު: އިބްރާހީމް ވަޙީދު

މިރޭގެ ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ ފުރުސަތު މީގެ ދެ ދުވަސް ކުރިން އޮތީ ހުޅުވާލައިފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވެއެވެ.

މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

“އަހާ” ގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-